ވިޔަފާރި

ޕޯޗްގަލްގެ ސާޓާ އެއާ ރާއްޖެއަށް ފަށަނީ

Apr 25, 2021
3

ޕޯޗުގަލްގެ އެއާލައިނެއް ކަމަށްވާ ސާޓާ އެއާއިން ޖުލައި މަހު ރާއްޖެއަށް ފަށަން ދަތުރު ފަށަން ތައްޔާރު ވެއްޖެ އެވެ.

ޕޯޗްގަލް އިން ސީދާ ރާއްޖެއަށް ސާޓާ އެއާލައިން ފެށުމުގެ ގޮތުން ޕޯޗުގަލްގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން އަދި އެ ގައުމުގެ ބައެއް އިސް ފަރާތްތަކާއި މީޑިއާ ހިމެނޭ ޓީމެއް އަންނަ މަހުގެ 20 ވަނަ ދުވަހު ރާއްޖެ އަންނާނެ އެވެ. އަދި ދިވެހި ވިޔަފާރިވެރިން ވެސް ބައިވެރި ކޮށްގެން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ރ. އަތޮޅު ރިސޯޓެއްގައި "ޕޯޗްގަލް ނައިޓެއް" ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ. މި ނައިޓުގައި ޕޯޗްގަލްގެ ބައެއް ޕްރޮޑަކްޓްތައް ވެސް ދައްކާލާނެ އެވެ.

މި އެއާލައިން ރާއްޖެ އަށް ޗާޓަރުކޮށް، އެޖެންޓުކަން ކުރަނީ އިން މޯލްޑިވްސް އެވެ.

އެނގިފައިވާ ގޮތުގައި މި ސާޓާ ދަތުރު ފަށަނީ ޕޯޗްގަލްގެ ރައީސްގެ ހާއްސަ އެއްބާރުލުމަކާއެކުގަ އެވެ. މި އެއާލައިން ފެށުމާއެކު ޕޯޗުގަލް އިން އަންނަ ޓޫރިސްޓުން އިތުރުކޮށް، ރާއްޖެ އިސްތިހާރު ކުރަން ގިނަ ހަރަކާތް ތަކެއް ހިންގާނެ އެވެ. މި އެއާލައިން ރާއްޖެ އަށް ޗާޓަރުކޮށް، އެޖެންޓުކަން ކުރަނީ އިން މޯލްޑިވްސް އެވެ.