ގެސްޓް ހައުސް ވިޔަފާރި

އިންޑިއާ ޓޫރިސްޓުން ގެސްޓްހައުސް އާއި ހޮޓާތަކުގައި ތިބުން މަނާކޮށްފި

އިންޑިއާގައި ކޮވިޑް-19 ގެ ބަލި ފެތުރެމުންދާތީ، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބުން މި ވަގުތަށް މަނާކޮށްފި އެވެ.

އިންޑިއާގައި ބަލި ފެތުރެމުންދާ ވަގުތެއްގައި އެ ގައުމުގެ ޓޫރިސްޓުން ޕީސީއާރު ޓެސްޓެއް ނެތި ރާއްޖެ އެތެރެވެވޭ ގޮތަށް އޮތުމާއެކު ގިނަ ބައެއްގެ ފާޑު ކިޔަމުންދަނިކޮށް (އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ބުނެފައި ވަނީ އިންޑިއާގައި 24 ގަޑިއިރަށް ވުރެ ގިނައިރު ޓްރާންސިޓް ވެފައި އަންނަ ޓޫރިސްޓުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް އިންޑިއާ ޓޫރިސްޓުން އައުން މަނާ ކޮށްފައިވެ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އުސޫލުގައިވާ ގޮތުން އިންޑިއާ އިން އަންނަ މީހުން ވެކްސިންގެ ދެ ޑޯޒް ހަމަކޮށްގެން އައިނަމަވެސް ޕީސީއާރް ހުށަހަޅަން ޖެހޭނެ އެވެ. ކުރިން އޮތީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެ ހަފްތާ ވެފައިވާ ޓޫރިސްޓުންނަށް ޕީސީއާރް ނެގެޓިވް ރިޒަލްޓް ނެތި އެތެރެވެވޭ ގޮތަށެވެ.

މި އުސޫލުން އިސްތިސްނާވާނީ މީހުން ދިރިއުޅޭ ތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތަކެވެ.

އެޗްޕީއޭ އިން ބުނީ މިގޮތަށް އެންގި ނަމަވެސް މިހާރު ގެސްޓްހައުސްތަކުގައި ތިބި އިންޑިއާގެ ޓޫރިސްޓުންނަށް ތިބެވޭނެ އެވެ.

އިންޑިއާގެ ޓޫރިސްޓުން ގެސްޓްހައުސްތަކަށް އައުން މަނާ ކުރަން އެނގިއިރު މިވަގުތު ގެސްޓްހައުސްތަކުގައި 2،000 އިންޑިއާގެ "ކަރަންޓީން ޓޫރިސްޓުން" އެބަތިއްބެވެ. ހުޅުމާލޭގެ ގިނަ ގެސްޓްހައުސްތަކުގައި މިވަގުތު ގިނައިން ތިބީ އިންޑިއާ މީހުންނެވެ. މި މީހުން ރާއްޖެ އައިސްފައިވަނީ 14 ދުވަހު ރާއްޖޭގައި ކަރަންޓީންވުމަަށްފަހު މެދުއިރުމަތީގެ ގައުމުތަކަށް ދިއުމަށެވެ.