ވިޔަފާރި

އައިސީޓީގެ ދާއިރާއަށް އަންހެން ކުދިން އަހުުލުވެރިކުރުވަނީ

Apr 25, 2021

އައިސީޓީ ދާއިރާގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވިމެން އިން ޓެކް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ގުޅިގެން ވާޗުވަލް ޓުއާއެއް ބާއްވައިފިި އެވެ.

"ނެކްސްޓް ޖެންގާލްސް"ގެ ނަމުގައި މިމަހުގެ 20 އިން 22 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ވާޗުއަލް ޓުއާ އަމާޒުކޮށްފައިވަނީ ސާނަވީ އަދި މަތީ ސާނަވީ ކުދިންނަށެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެހީތެރިކަމާއެކު އެވެ.

މި ހަރަކާތުގައި ކުދިންނަށް މައުލޫމާތު ދިނުމަށް ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ގޮތަށް 11 އިދާރާއެއް ހިމެނެ އެވެ.

މިއިދާރާތަކުން ގްރޭޑް ހަތަކާއި ގުރޭޑް 12 އާއި ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށް ވާޗުއަލް ސެޝަން ތަކެއް ކުރިއަށް ގެންދިޔަ އެވެ. މި ސެޝަންތަކުގައި ރާއްޖޭގެ 20 އަތޮޅަށް ނިސްބަތްވާ 40 ސްކޫލަކުން 1400 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.

ފެސިލިޓޭޓާސްގެ ގޮތުގައި ބައިވެރިވި އިދާރާތަކުން އެއިދާރާތައް ހިންގުމުގައި ޓެކްނޮލޮޖީގެ ދައުރާއި ޓެކްނޮލޮޖީ ދާއިރާގެ އެކިއެކި ރޯލުތަކުގައި މީހުންގެ ކުރާ މަސައްކަތާއި ވަޒީފާގެ މައުލޫމާތު ދިނެވެ. އަދި މިދާއިރާއަށް ވަނުމަށް ބޭނުންވާ ކުދިން އެކަމަށް ތައްޔާރުވާނޭ ގޮތާއި ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައިވެ އެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިން ފާހަގަކުރި ގޮތުގައި މި ހަރަކާތުގައި އެކުދިންނަށް އައިސީޓީ ދާއިރާގައި އަންހެން ކުދިންގެ ދައުރު އަދި ކުރިން ނޭނގޭ އެތައް މައުލޫމާތުތަކެއް ލިބި މިދާއިރާގައި ކުރިއަށް ދިއުމަށް ފަސޭހަތަކެއް ލިބުނު ކަމަށެވެ.