ފުލުހުން ބަލައި ފާސް ކުރުން

ހުޅުމާލެއިން ތަނެއް ބަލައި ފާސްކޮށްފި

Nov 8, 2015

ހުޅުމާލޭ ގެސްޓް ހައުސް އޭރިއާގެ ބައެއް ބަންދުކޮށް އެ ސަރަހައްދުގެ ތަނެއް ބަލައި ފާސްކޮށްފި އެވެ.

އަވަސް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން ހުޅުމާލެއިން ވަނީ ހުޅުމާލޭ ލޮޓް 93 އޭ 10666 އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ވެސް ފުލުހުން އެތަނަށް ވަންނަނީ ކޯޓް އަމުރު ހޯދައިގެނެވެ. އަދި އެތަން ފާސް ކުރަނީ "ފިނިފެންމާ" ލޯންކޮޅުގައި ރައީސް އަބްދުﷲ ޔާމިން އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ތަކެތި ހޯދުމަށެވެ.

ނަމަވެސް މި ފާސް ކުރުމާ ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.