ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އެހީގައި ހޯނޑެއްދޫގައި ޕާކެއް

ބޭންކް އޮފް މޯލްޑިވްސްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން ގދ. ހޯނޑެއްދޫގައި ނޭޗާ ޕާކެއް މިއަދު ހުޅުވައިފި އެވެ.

ހޯނޑެއްދޫގެ އިރު އުތުރު ޗަސްބިން ސަރަހައްދުގައި ހާދަފައިވާ ނޭޗާ ޕާކަށް ދީފައިވާ ނަމަކީ "ދިގެމައްކޮޑަ" އެވެ.

އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ހޯނޑެއްދޫ ސްޕޯޓްސް އިންނެވެ.

ހޯޑެއްދޫ ނޭޗާ ޕާކުގައި 85 ފޫޓުގެ ދިގު ވޯކްވޭއެއްގެ އިތުރުން ވިއުވިން ޕްލެޓްފޯމެއް ވަނީ ހަދާފަ އެވެ. އަދި އެ ސަރަހައްދުގައި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ އެވެ.

މީގެއިތުރުން މަސްކެނޑުމަށް ހާއްސަ ތަނެއް ތައްޔާރުކޮށް، އެ ސަރަހައްދަށް ޖަމާވާ ކުނި ނައްތާލުމަށް ޑަސްބިން ވެސް ބަހައްޓާފައިވެ އެވެ. އަދި އެ ސަރަހައްދުގައި އިތުރަށް ގަސް އިންދާ ފެހިކަން ވަނީ ގަދަކޮށްފަ އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލް ތަކެކެވެ.