މީޑިއާނެޓް

ލަމްސް ކިޗަންއަށް މިފަހަރު ޝެރާ އަދި ރޯމަން

ފިލްމީ ފަންނާނުންގެ ކެއްކުމުގެ ހުނަރު ފެނިގެންދާ "ލަމްސް ކިޗަން"ގެ ދެވަނަ އެޕިސޯޑު މީޑީއާނެޓް މަލްޓި ސްކްރީނުގައި ސްޓްރީމް ކުރަން ފަށައިފި އެވެ.

ލަމްހާ ލަތީފް (ލަމް) ހޮސްޓް ކޮށްދޭ މި ޝޯގެ ދެވަނަ އެޕިސޯޑުން ފެނިގެން ދާނީ ފިލްމީ ދާއިރާގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ރޯމަން އަދި ޝެރާ އެވެ.

ކެއްކުމުގެ ވާދަވެރިކަމާއި އެކު މި ޝޯ ކުރިއަށް ދާނީ މަޖާ ވާހަކަތަކާ ވެސް އެކީގަ އެވެ.

ޝޯގެ ޖުމްލަ 12 އެޕިސޯޑު މީޑިއާނެޓުން ދައްކަން ވަނީ ނިންމާފަ އެވެ.

މި ޝޯގެ ފުރަތަމަ އެޕިސޯޑުން ފެނިގެން ދިޔައީ ފިލްމީތަރި އަލީ ސީޒަން އާއި މަރިޔަމް އައްޒަ އެވެ.

ކުރިއަށް ހުރި އެޕިސޯޑުތަކުން އަބްދުﷲ މުއާޒު، ރަވީ ފާރޫގު، ނިއުމާ މުހައްމަދުގެ އިތުރުން މަރިޔަމް މައީޝާ، ޝައްމޫން، އިބްރާހިމް ޒައިދު އަދި އެހެން ބައެއް ފަންނާނުން ވެސް ފެނިގެންދާނެ އެވެ.