ފީނުން

ފީނަން ފޭބި މީހެއްގެ ހާލު ސީރިއަސްވެއްޖެ

ފީނަން ފޭބި މީހެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.

ފުލުހުން ބުނީ ފ. ނިލަންދޫ ކައިރިއަށް ފީނަން ފޭބި މީހެއްގެ ހާލު ބޮޑުވެ ފަރުވާ ދެމުންދާ ކަމަށެވެ. ހާލު ބޮޑުވެ ފަރުވާ ދެމުން ދަނީ އުމުރުން 24 އަހަރުގެ ދިވެހި ފިިރިހެނަކަަށެވެ.

ފުރަތަމަ އޭނާއަށް ފަރުވާ ދިނީ ނިލަންދޫ ހޮސްޕިޓަލްގައެވެ. ނަމަވެސް އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.