ގއ. ނިލަންދޫ

ނިލަންދޫގައި ޒަހަމްކޮށްލި ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

Jan 8, 2022
1
ފ. ނިލަންދޫ.
0%
0%
0%

ފ. ނިލަންދޫގައި ކުޑަކުދިންތަކެއް ހިންގި މާރާމާރީއެއްގައި ޒަހަމްވި ކުއްޖަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

ހަތަރު ކުއްޖެއްގެ މެދުގައި ހިޔާލުތަފާތުވެ މާރާމާރީ ހިންގުމަށްފަހު އެއް ކުއްޖެއްގެ ބޮލުގައި ގާބުރިއަކުން ޖަހާ ބޯފަޅާލާފައިވެ އެވެ. މީގެއިތުރުން އެ ކުއްޖާގެ ކަރަށާއި އަތުގެ އިނގިއްޔަކަށް ވެސް އަނިޔާވެފައިވާ ކަމަށް އެނގިފައިވެ އެވެ.

ނިލަންދޫ ބަނދަރު ސަރަހައްދުގައި ރޭ 9:30 ހާއިރު ހިނގި މާރާމާރީއާ ގުޅިގެން އިތުރު ފަރުވާ ދިނުމަށް މިއަދު ހެނދުނު މާލެ ގެނައި ކުއްޖާ އަށް މިވަގުތު ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގަ އެވެ.

އަނިޔާވި ކުއްޖަކީ ނިލަންދޫ ކައުންސިލް މެންބަރު ސަމީރާ އަހްމަދުގެ ދަރިފުޅެކެވެ.

ފުލުހުން ބުނީ ނިލަންދޫ މާރާމާރީގެ މައްސަލަ ރިޕޯޓްކޮށްފައިވާތީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910