ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑަށް ޕޮޒިޓިވްވުމުން ކައިވެނި ހޮސްޕިޓަލުގައި

އިންޑިއާގެ ކެރެލާގައި ކައިވެންޏަށް ތައްޔާރުވީ ދެ ޒުވާނުންގެ ތެރެއިން ފިރިހެންމީހާއަށް ކޮވިޑް-19 ޖެހި ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުން ކައިވެނީގެ ހުރިހާ ކަމެއް ހޮސްޕިޓަލުގައި އޮވެގެން ފުރިހަމަކޮށްފި އެވެ.

އަލަޕުޒާ މެޑިކަލް ކޮލެޖު އެންޑް ހޮސްޕިޓަލުގައި މިދިޔަ އާދިއްތަ ދުވަހު މި ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ދިޔައިރު އެ ތަނަށް ހާޒިރުވި މިހުންގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ފެނުނެވެ. މިއީ ކޮވިޑް ބަލި މީހުން އެޑްމިޓް ކުރަން ފެށި ފަހުން މިހާތަނަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ މޫނަށް ހިނިތުންވުމެއް ވެރިވި ފުރަތަމަ ފަހަރު ކަމަށް ކެރެލާ ނޫސްތަކުން ބުނެފައި ވެއެވެ.

މި ކައިވެނީގެ އެންމެ ތަފާތުކަން ބޮޑު އެއް ކަމަކަށް ފެނުނީ އަންހެންމީހާ އަޅައިގެންހުރި އަލަތު ކައިވެނީގެ ހެދުމެވެ.

އިންޑިޔާ މީހުން ކައިވެނިކުރާއިރު އަޅާ ސަގާފީ ހެދުމާއި ގިނަ ގުނަ ގަހަނާގެ ބަދަލުގައި މިފަހަރު އަންހެންމީހާ ހުރީ ޕީޕީއީ ކިޓްގަ އެވެ. ސަބަބަކީ ފިރިހެންމީހާ ކޯވިޑަށް ޕޮޒިޓިވްވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. މި ކައިވެނި ހޮސްޕިޓަލުގައި ބޭއްވުމުގެ ހުއްދަ ދިނީ ޑިސްޓްރިކްޓް ކަލެކްޓާ އެވެ.

އިންޑިއާގެ ސްޓޭޓުތަކުގެ ތެރެއިން ކެރެލާގައި ވެސް ފާއިތުވީ ދުވަސްތަކުގައި ކޮވިޑް ބަލި މީހުން އާދަޔާޚިލާފަށް ދަނީ ގިނަވަމުންނެވެ. އެގޮތުން ފާއިތުވީ 24 ގަޑިއިރު ތެރޭގައި 28،469 މީހަކަށް އަލަށް ބަލި ޖެހިފައި ވެއެވެ. އަދި 30 މީހުން މި ބަލީގައި މަރުވެފައި ވެއެވެ.