ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އއ. އުކުޅަސް

އުކުޅަސް ބަންދު ކޮށްފި

އއ. އުކުޅަހުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެންގޮސް ރަށް ބަންދުކޮށްފި އެވެ.

އުކުޅަހު ހެލްތް ސެންޓަރުން ބުނީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެ ބަލީގެ އަލާމާތްތައް ފެނިގެން މިދިއަ އާދީއްތަ ދުވަހު ޑޮކްޓަރަށް ދެއްކި ތިން މީހަކު ކަމަށެވެ.

ކަރަންޓީނުގައި ނެތް ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން ރަށް ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް އެރަށު ސިއްހީ މަރުކަޒުން ބުންޏެވެ.

އެރަށުގައި މިހާރު ވަނީ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތްތައް ފަށާފަ އެވެ. އެޗްޕީއޭ އިން ބުނީ އުކުޅަހުގައި ބަލަން ޖެހޭ ކަންކަން ބަލައި ނިމެންދެން ރަށަށް އަރައި ފޭބުން މަނާ ކަމަށެވެ.