ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 72 އަށް

ކޮވިޑް-19 އަަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު އެ ބަލީގައި މަރުވީ 85 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގަައި ފަރުވާ ދެމުން ދިޔަ މީހެކެވެ. އެ މީހާ މަރުވީ މެންދުުރު 1:13 ގައެވެ.

މިއަދުގެ މަރާއެކު ރާއްޖޭގެ ކޮވިޑް މަރު 72 އަށް އެރީއެވެ.

އަދިވެސް ދަރުމަވަންތަ ހޮސްޕިޓަލްގެ އަައިސީޔޫގައި ކޮވިޑް ބަލީގެ ހަތަރު މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިދިޔަ ފަސް ދުވަހަކީ ރާއްޖޭގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ފަސް ދުވަހެވެ. މިދިޔަ ސައުވީސް ގަޑިއިރަކީ ރާއްޖެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ސައުވިސް ގަޑިއިރެވެ. އިއްޔެ އެކަނިވެސް 386 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ކުރިން ދެ ދުވަހަކުވެސް ޕޮޒިޓިވް ނަންބަަރު 300 އިން މައްޗަށް ގޮސްފައިވެއެވެ.

ރާއްޖެއިން މިހާތަނަށް 28،588 މީހަކަށް ބަލި ޖެހިފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަދު ވަނީ 4،000 އިން މަތީގައެވެ.