ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"އިންޑިއާ ކޮވިޑަށް ބަޔޮންޓެކް ވެކްސިން ބޭނުން ކުރެވޭނެ"

ބަޔޮންޓެކް ކޯފައުންޑަރު އޫރް ޝާހީން ވިދާޅުވާ ގޮތުން އިންޑިއާ ކޮވިޑާ ދެކޮޅަށް ބަޔޮންޓެކް ވެކްސިން ބެނުން ކުރެވޭނެ އެވެ. އޭނާ ވިދާޅުވީ ދިފާއީ ބާރު އުފައްދާ މިންވަރު ކަށަވަރު ކުރުމަށްޓަކައި ތަހުލީލުތައް ކުރެވެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން އިންޑިއާ ވޭރިއަންޓް އަދިވެސް ޓެސްޓް ކުރާނަން" އޫރް ޝާހީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންޑިއާ ވޭރިއަންޓް ވެސް ފެތުރޭ ގޮތް ކުރިން ވެސް އެނގިވަޑައިގެންވައިވާ ކަމަށާއި ބަޔޮންޓެކް ވެކްސިން މަސައްކަތްކުރާނެ ކަމަށެވެ.

އޫރް ޝާހީން މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ނެރުނު ބަޔާނަކަ ގުޅިގެންނެވެ. ސިއްހަތު ޖަމިއްޔާއިން ބުނީ އިންޑިއާ ކޮވިޑް ބޮޑު މައްސަލައަކަށް ވެދާނެ ކަމަށާއި މިހާރު ވެސް އެތައް ގައުމަކަށް ފެތުރިފައިވާ ކަމަށެވެ.

ސިއްހަތު ޖަމިއްޔާއިން ބުނީ އިންޑިއާ ކޮވިޑްގެ އަލާމާތްތައް ގައުމުތަކަށް ފެތުރިފައި ވާއިރު 17 ގައުމެއް ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި ބުނީ މިހުރިހާ ގައުމަކަށް ވެސް ވައިރަސް ގޮސްފައި ވަނީ އިންޑިއާއިން ކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާ އަދި ސިންގަޕޫރު ހިމެނޭ ކަމަށެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ތައްކަތުނުވެ ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ ގޯސްވަމުންނެވެ. އެއްދުވަހެއްގެ މައްޗަށް ރެކޯޑް އަދަދަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. ބަލީގައި މަރުވާ އަދަދަށް އަދި ހިފެހެއްޓުމެއް ނެތެވެ.