އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ނައިބު ރައީސަކަށް އަލީ ޒާހިރު

އަދާލަތު ޕާޓީގެ ނައިބު ރައީސް އަކަށް އަލީ ޒާހިރު އައްޔަން ކޮށްފި އެވެ.

ޒާހިރު ނައިބު ރައީސް ކަމަށް އައްޔަންކޮށްފައިވަނީ ރޭ ބޭއްވި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ 93 ވަނަ ބައްދަލުވުމުގައެވެ. އޭނާ މިހާތަނަށް ހުންނެވީ އަދާލަތު ޕާޓީގެ ތަރުޖަމާނުގެ މަގާމުގަ އެވެ.

ޒާހިރު ނައިބް ރައީސް ކަމަށް އައްޔަންކޮށްފައިވަނީ ކުރިން އެމަގާމުގައި ހުންނެވި މައުރޫފް ހުސައިން އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އެޕާޓީން ބުނެފައެއް ނުވެއެވެ. އަދާލަތު ޕާޓީގެ ރައީސަކީ އިމްރާން އަބްދުﷲ އެވެ.