އެމްއެމްއޭ

މިދިޔަ މަހު ރާއްޖޭގެ ރިޒާވް ދަށްވެއްޖެ

Apr 29, 2021

މިދިޔަ މަހު ރާއްޖޭގެ ޖުމްލަ ރިޒާވް ކުރީ އަހަރާ އަޅާ ބަލާއިރު، ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކް އިން ބުނެފި އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު ހުރި 855.7 މިލިއަން ޑޮލަރާ އަޅާބަލާނަމަ ދަށްވުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މާޗް މަހު ރިޒާވްގައި 741.6 މިލިއަން ޑޮލަރާ އަޅާ ބަލާއިރު އިތުރު ވުމެކެވެ.

ޖުމްލަ ރިޒާވުން ބޮޑު އަދަދެއް ދެއްކި ނަމަވެސް މި ފައިސާއަކީ ބޭނުން ޖެހިއްޖޭ ހާލަތުގައި ނެގޭނެ ފައިސާއެއް ނޫނެވެ. ރާއްޖޭން އާއްމުކޮށް ރިޒާވް ބޭނުން ކުރަނީ އިމްޕޯޓް ކުރަން ބޭނުންވާ ޑޮލަރު ހޯދާށެވެ. މިގޮތުން ބޭނުން ކުރަނީ ޔޫޒަބަލް ރިޒާވް އެވެ.