އެމްއެމްއޭ

ޗާޕް ކުރި ތިން ބިލިއަން ރުފިޔާގެ ތެރެއިން 462 މިލިއަން ދައްކައިފި

މަރުކަރީ ބޭންކް. މަރުކަޒީ ބޭންކަށް ސަރުކާރުން ވަނީ 462 މިލިއަން ރުފިޔާ އަނބުރާ ދައްކާފަ -- ފޮޓޯ: އަވަސް
0%
0%
0%

ސަރުކާރުން އެދިގެން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ދޫކުރި 3.9 ބިލިއަން ރުފިޔާގެ ތެރެއިން 462 މިލިއަން ރުފިޔާ ސަރުކާރުން ދައްކައިފި އެވެ.

އެމްއެމްއޭގެ މިއަހަރުގެ ޖެނުއަރީ މަހުގެ ސްޓޭޓްމެންޓް އޮފް ފައިނޭންޝިއަލް ޕޮޒިޝަން ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެމްއެމްއޭ އިން ސަރުކާރަށް ދޫކުރީ 3.9 ބިލިއަން ރުފިޔާ އެވެ. ޖެނުއަރީގެ ނިޔަލަށް އެ އަދަދު ވަނީ 3.4 ބިލިއަން ރުފިޔާއަށް ކުޑަވެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދަށާއި ދައުލަތުގެ މާލިއްޔަތަށް ހީނަރުކަން ކުރިމަތިވި އެވެ.

ދައުލަތް ހިންގުމަށްޓަކައި އޭރު ވަގުތުން ވަގުތަށް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާތީ އެ ފައިސާ އޯވާޑްރޯ ކުރެވޭނެ ގޮތެއް ހެދުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އޭރު އެދުނެވެ.

އެކަން ސަރުކާރުން ކުރީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑް ކުރުމަށް އޭޕްރީލް 2020 ގައި މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

އެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރި މުއްދަތު ފަހުން ވަނީ އިތުރުކޮށްފަ އެވެ. ސަރުކާރުން އެދިގެން އިތުރުކުރި އެ މުއްދަތު މިހާރު ހަމަވާނީ މިއަހަރުގެ ނިޔަލަށެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910