ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޖެޓް ފިއުލް ވަގަށް ނެގި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ޖެޓް ފިއުލް ވަގަށް ނެގި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރީ ދެ ދިވެހިން ކަމަށާއި މި މަހުގެ ދެވަނަ ދުވަހު ހައްޔަރުކޮށް އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރު ކުރީ ދެ މީހުންނަކީ އެއާޕޯޓްގެ ދެ މުވައްޒަފުންނެވެ.

ޖެޓް ފިއުލް ވަގަށް ނެގި މައްސަލަ ފުލުހަށް ހުށަހެޅީ އެއާޕޯޓްސް ކޮމްޕެނީ އިންނެވެ.

ޖެޓް ފިއުލް ވިއްކާފައިވާ އަދަދަށް ވުރެ، ސްޓޯރޭޖްގައި ހުރި ތެޔޮ މަދުކަން އެނގިފައި ވަނީ މި ފަހުން އެކަން ފާހަގަ ވެގެން ބެލި ބެލުމުގެ ތެރޭގަ އެވެ.