ޓޫރިސްޓް އެރައިވަލް

ހަތަރު މަސް: 385،800 ޓޫރިސްޓުން އަތުވެއްޖެ

އިއްޔެގެ ނިޔަލަށް ރާއްޖެއަށް 385،838 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހު ރާއްޖެ އައިސްފައި ވަނީ 87،268 ޓޫރިސްޓުންނެވެ. މިދިޔަ މަހު އައިސްފައި ވަނީ 109،585 ޓޫރިސްޓުންނެވެ. ފެބްރުއަރީ މަހު 96،882 ޓޫރިސްޓުން ރާއްޖެ އައިިއިރު ޖަނަވަރީގައި ރާއްޖެ އައިސްފައި ވަނީ 92،103 ޓޫރިސްޓުންނެވެ.

މި މަހު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ ދެވަނަ ދުވަހު އެވެ. އެ ދުވަހު 5،141 ޓޫރިސްޓަކު ރާއްޖެ އައެވެ. މި މަހުގެ ކޮންމެ ދުވަހަކު ވެސް 2،000 ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ. ބައެއް ދުވަސް ދުވަހު 3،000 އާއި 5،000 އާ ދެމެދުގެ އަދަދެއްގައި ވެސް ހުރެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން އައިސްފައި ވަނީ އިންޑިއާގެ ޓޫރިސްޓުންނެވެ. އޭގެ ފަހަށް ރަޝިޔާ އާއި ޔޫކްރެއިން އިންނެވެ.