ޓެކްނޯލޮޖީ

އެޕަލް އެޕް ސްޓޯރު: ތިޔަ ހޯދަނީ ކޮންއެއްޗެއް؟

އެޕް ސްޓޯރު ބޭނުންކުރާ މީހުންނަށް ފަސޭހަ ކޮށްދިނުމަށް އެޕަލްއިން ވަރަށް ކުޑަ ކުޑަ ކަމެއް ކޮށްލައިދީފި އެވެ. އެއީ ހޯދަންއުޅޭ އެއްޗަކާ ގުޅުންހުރި ނަންތައް އިހުތިޔާރުކޮށް ސްކްރީނުން ދައްކައި ދިނުމެވެ. މިއީ ކުރިން ވެސް އެޕް ސްޓޯރުން ކުރެވޭ ކަމެއް ކަމަށް ހީކުރެވުނު ނަމަވެސް މިހާ ފަހުގެ ހަބަރަކުން މިވާހަކަ އިވުމުން މިކަން ވީގޮތް މުޅިން އޮޅިއްޖެ އެވެ.

އެޕަލްގެ ހަބަރުތައް ކިޔައިދޭ ވެބްސައިޓްތަކުން ބުނާ ގޮތުން މިފީޗާ މިވަގުތު ލިބޭނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއަށެވެ.

މި ފީޗާގައި އަސްލު ވާގޮތަކީ އެޕްލިކޭޝަނެއް ހޯދަން ޓައިޕް ކުރަމުން ދާވަރަކަށް ގުޅުންހުރި އިހުތިޔާރީ ނަންތަކެއް ސްކްރީންގައި ލިސްޓް ކުރެވެނީ އެވެ. އެގޮތުން ހޯދަން އުޅޭ އެޕްލިކޭޝަނަށް ކިޔާ ނަން ނުބައިކޮށް ޓައިޕް ކުރެވުނު ނަމަވެސް، އިހުތިޔާރީ ލިސްޓްގެ ކޮންމެވެސް ހިސާބަކުން ފެންނަން އޮވެ އެވެ. އަދި ކޮއްޓާލުމުން އެ އެޕްލިކޭޝަނެއް ހޯމްޕޭޖަށް ގެންގޮސްދެ އެވެ.

މިގޮތަށް އެޕްލިކޭޝަން ހޯދައިދުނުމުގައި ވެސް އެތެރެ އެތެރެއިން ހިނގާ ކަމެއް އޮވެ އެވެ. ހޯދަން އުޅޭ އެޕްލިކޭޝަން ދެއްކުމުގައި ސްޕޮންސާކޮށްފައި ހުންނަ އެޕްލިކޭޝަންތައް ތަންކޮޅެއް ކުރިން ފެންނަ ގޮތް ވުމެވެ. މިއީ އެޕަލްއަށް މާލީ ތަނަވަސް ކަމެއް ލިބޭ ކަމަަކަށް ވާތީ ސާޗްލިސްޓަށް ވެސް އެ ބަދަލު އަންނަނީ އެވެ.