އައިޖީއެސް

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައިޖީއެސް އިން ކުރިއަށް ގެންދިޔަ ސްޕޭސް ސައިންސް ޕްރޮގްރާމުގެ މައުލޫމާތު ދަރިވަރުންތަކަކަށ ދިނުމަށް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އައިޖީއެސް
0%
0%
0%

އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އިންސްޓިޓިއުޓް އޮފް ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދަން ނިންމާފައިވާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ މިޝަންގައި ބައިވެރިވެވޭނީ އެއިރޯ ސްޕޭސް އިންޖިނިއަރިން، ކޮމްޕިއުޓާ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިން ފަދަ ދާއިރާތަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ އުމުރުން 35 އަހަރުު ނުފުރޭ ދިވެހިންނަށެވެ.

އެ މިޝަންއަށް 12 ދިވެހިން ނަގަން ނިންމާފައިވާއިރު އެ އެންމެންވެސް ތަމްރީން ކުރާނީ އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުންނެވެ. ދަރިވަރުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހިލޭ ކުރިއަށް ގެންދާ ޕްރޮގްރާމެއް ގޮތުގަ އެވެ.

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު އިބްރާހިމް ވިދާޅުވީ އެ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ސްޕޭސް އިންޑަސްޓްރީ ގަބޫލުކުރާ "ނެނޯ ސެޓަލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް" ސެޓްފިކެޓް ލިބޭނެ ކަމަށެވެ.

"ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓަލައިޓް އުފައްދަނީ މި ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުން. އަޅުގަނޑުމެން މި މިޝަން ރާވާފައިވަނީ ފުލްޓައިމް ވަޒީފާގައި އުޅޭ ޒުވާނުންނަށްވެސް ބައިވެރިވެވޭ ގޮތަށް. އެހެންވީމާ ވަޒީފާއިން ވަކިނުވެ މި ތާރީހީ މަސައްކަތުގައި ބައިވެރިވެވޭނެ،" ރިފްއަތު ވިދާޅުވި އެވެ.

އައިޖީއެސްއިން ބުނީ ޖައްވީ މިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އައިޖީއެސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މިމަހުގެ ހަތެއްގެ ކުރިން އެޕްލައި ކުރަންވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910