ދުނިޔެ

ޔޫއޭއީގެ އުޅަނދެއް 2022 ގައި ހަނދަށް!

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ކަނޑައަޅާފައިވާ ޖައްވީ ސިޔާސަތުގައި 2024 ލައިގަތުމުގެ ކުރިން ހަނދަށް އުޅަނދެއް ފޮނުވަން ކަނޑައަޅާފައިވެ އެވެ. އެ އުޅަނދަށް ކިޔަނީ "ރާޝިދު" އެވެ. އެއީ ޝެއިހް ރާޝިދު ބިން ސައީދު އަލްމަކްތޫމް ދުބާއީ ތަރައްގީ ކުރެއްވުމަށް ގެންގުޅުއްވި ނަޒަރިއްޔާއަށްޓަކައި އަދި އެމަނިކުފާނުގެ ހަނދާނުގަ އެވެ.

މުހައްމަދު ބިން ރާޝިދު ސްޕޭސް ސެންޓަރުން ބުނެފައުވާ ގޮތުން އެއްދުވަހުން އުޅަނދު ރާޝިދު، މުޅި ހަނދު ހޯދާ ބަލާނެ އެވެ. އެއީ ހަނދަށް އެއްދު ވަސް – ދުނިޔެއަށް 14 ދުވަހެވެ.

އުޅަނދު ހަނދުގައި ކުރާ ދަތުރުގައި ފޮޓޯ އާއި މައުލޫމާތު އެއްކުރާނެ އެވެ. ރާޝިދު ސްޕޭސް ސެންޓަރުން އުންމީދު ކުރަނީ ސައެންސަށް މިހާތަނަށް އެނގިފައި ނުވާ މައުލޫމާތު ހޯދޭނެ ކަމަށެވެ.

ރާޝިދު އުޅަނދު 2022 ގައި ޖައްވަށް އުފުލައި ދޭނީ ޖަޕާނުންގެ ސްޕޭސް ފާމް، އައިސްޕޭސްއިންނެވެ. އައިސްޕޭސްއިން ބުނި ގޮތުން ޔޫއޭއިން ހަވާލު ކޮށްފައި ހުރި މަސައްކަތްތަަކަށް ވަރަށް ބޮޑު އަހަންމިޔަތު ކަމެއް ދޭނެ އެވެ. އަދި ބުނީ އުޅަނދު ރާޝިދު ހަނދަށް ގެންގޮސް ދޭނެ ކަމަށެވެ.

ޔޫއޭއީ އުޅަނދު ޖަނދަށް ޖައްސާނީ ހަނދުގެ ކޮންތަނެއްގައިކަން އަދި ހާމައެއް ނުކުރެވެ އެވެ. އެހެން ނަމަވެސް ރާޝިދު ސްޕޭސް ސެންޓަރުން ބުނީ އުޅަނދު ޖައްސާނީ މީގެ ކުރިން އުޅަނދެއް ޖައްސާފައިނުވާ ތަނަކަށް ކަމަށެވެ.