ކޮވިޑް-19 އަށް ފަރުވާ ހޯދަމުންްދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއީ ރާއްްޖެއިން ކޮވިޑްގައި މަރުވި 74 ވަނަ މީހާއެވެ.
މިރޭ މަރުވެފައިވަނީ އުމުރުން 39 އަހަރުގެ ބަންގްލަދޭޝްގެ މީހެކެވެ. އޭނާއަކީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި އައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަދި އެ ބަލީގައި މަަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިދިޔަ މަހު ފަސް މީހަކު މަރުވިއިރު މި އަހަރުގެ މިއީ 22 ވަނަ މަރެވެ.
މިދިޔަ ތިން ދުވަހުވެސް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ހުރީ 400 އިން މަތީގައެވެ.