ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މުޅި އިންޑިއާ ލޮކްޑައުން ކުުރަންޖެހޭ: ޑރ. ފައުޗީ

އިންޑިއާގައި ކޮވިޑްގެ ހާލަތު ހުރި ގޮތުން ދުވަސްކޮޅަކަށް ނަަމަވެސް މުޅި ގައުމު ލޮކްޑައުން ކުރަން ޖެހޭ ކަމަށް ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ. އެނާ ވިދާޅުވީ ދެން ކުރަން އޮތް މުހިންމު ކަމަކީ އޮކްސިޖަނާއި ކޮވިޑް ބޭހާއި ޕީޕީއީ އަދި ފަރުވާ ދިނުމަށް ބޭނުންވާ ސާމާނު ތަނަވަސް ކުރުން ކަމަށެވެ.

އިންޑިއާގައި ކޮވިޑް ފެތުރިފައި ވަނީ ބިރުވެރި ދަރަޖައަކަށް ކަމަށް ސިއްހީ މާހިރުން ވިދާޅުވި ނަމަވެސް ގައުމު ލޮކްޑައުން ކުރުމަކީ ސަރުކާރުން ގެންގުޅޭ ވިސްނުމެއް ނޫނެވެ. އޭގެ ބަދަލުގައި ސްޓޭޓްތަކަށް އެ ޒިންމާ އޮތީ ދޫކޮށްލާފަ އެވެ. ފައުޗީ ވިދާޅުވީ ލޮކްޑައުން ކުރުމަށް ވުރެ މުހިންމު ކަމެއް މިވަގުތަށް އިންޑިއާއަށް ނެތް ކަމަށެވެ.

ޑރ. ފައުޗީ އަކީ ތަޖުރިބާކާރެކެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އިރުޝާދު ވެސް ދެއްވަ އެވެ.

ފައުޗީ ވިދާޅުވީ ލޮކްޑައުން ކުރުން ދިގު ދަންމާލުން މުހިންމު ނޫން ކަމަށާއި އަޖުމަ ބަލައިލަން ކުޑަ ދުވަސްކޮޅެއް ވެސް ރަނގަޅުވާނެ ކަމަށެވެ. އަދި ވިދާޅުވީ ބޭނުންވަނީ ބަލިފެތުރުން މަޑުޖައްސާލުން ކަމަށެވެ.

އިންޑިއާ މިހާރު އޮތީ ނުރައްކާތެރި ހާލަތެއްގަ އެވެ. ދުވާލަކު ކޮވިޑްޖެހޭ ނިސްބަތް އިތުރުވަމުން އައިސް މިއަދަދު އިއްޔެ 400،000 އަށް ވަނީ އަރާފަ އެވެ. ބައެއް ސްޓޭޓްތަކުން އަމިއްލައަށް ލޮކްޑައުން ކުރި ނަމަވެސް ބަލި ފެތުރުން އަދި މަޑުޖެހިލާ ތަނެއް ނުފެނެ އެވެ.