ހަބަރު

ޓްރެފިކާއި ޖިންސީ މައްސަލަތަކުގެ ހިސާބު މައްޗަށް!

  • މި އަހަރު 14،177 މައްސަލަ ހުށަހެޅި
  • މިދިޔަ އަހަރު ހުށަަހަޅާފައިވަނީ 12،455 މައްސަލަ

ފުލުހުންނަށް ހުށަހެޅި ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގުމުގެ މައްސަލަތަކާއި ޓްރެފިކް މައްސަލަތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ކުށުގެ ތަފާސް ހިސާބުން ދައްކާ ގޮތުން މިދިޔަ އަހަރަށް ވުރެ މިއަހަރުގެ މިހާތަނަށް ހުށަހެޅި ޖުމްލަ ކުށްތަކުގެ އަދަދު މަދެވެ. މިދިޔަ އަހަރުގެ މިހާތަނަށް ޖުމްލަ 14،177 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހުށަހަޅާފައިވަނީ 12،455 މައްސަލަ އެވެ.

ފުލުހުން ބުނީ މި އަހަރު ހުށަހެޅި ހިޔާނާތާއި ޖިންސީ އަދި ޓްރެފިކުގެ މައްސަލަތައް މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރުވެފައިވާ ކަމަށެވެ.

ނަމަވެސް، މިއަހަރު ޖިންސީ މައްސަލާގެ ގޮތުގައި 461 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.ނަމަވެސް މިދިޔަ އަހަރު ހުށަހަޅާފައިވަނީ 351 މައްސަލަ އެވެ. މިއީ 100 މައްސަލަ އިތުރު އަދަދެކެވެ.

ފުލުހުން ބުނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތަކުގެ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1675 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ 1713 މައްސަލަ ކަމަށެވެ.

ފުލުހުން ބުނީ ޓްރެފިކް މައްސަލަތަކުގައި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މިއަހަރު އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މީގެ އިތުރުން ޚިޔާނާތުގެ މައްސަލަތަކުގައި މިއަހަރުގެ މިހާތަނަށް 562 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. ޚިޔާނާތުގެ ގޮތުގައި މިދިޔަ އަހަރުގެ މިހާތަނަށް ހުށަހަޅާފައިވަނީ 278 މައްސަލައެކެވެ. އެހެން ކަމުން ހިޔާނާތުގެ މައްސަލަތައް ވަނީ މި ދިޔަ އަހަރަށް ވުރެ ދެ ގުނަ އިތުރު ވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.