އެމްއެމްއޭ

މިދިޔަ އަހަރު 36.2 ބިލިއަން ރުފިޔާގެ ޗެކް ކްލިއަކުރި

May 8, 2021

މިދިޔަ އަހަރު ރާއްޖޭގައި 36.2 ބިލިއަން ރުފިޔާގެ ޗެކް ކްލިއާ ކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ކްލިއަ ކުރި ޗެކްތަކުގެ އަގު 36.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

ރާއްޖޭގައި ޗެކުން ކުރާ މުއާމަތްތައް ގިނަ އެވެ. ރާއްޖޭގައި ޗެކް ކްލިއަ ކުރުމުގެ ހިދުމަތަށް ޒަމާނީ ބަދަލުތަކެއް އައިސްފައިވަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ.

އެގޮތުން ކުރީގައި މެނުއަލްކޮށް ކުރަމުން އައި ޗެކް ކްލިއާކުރުމުގެ މަސައްކަތް، އިލެކްޓްރޯނިކް ނިޒާމަށް ވަނީ ބަދަލުކޮށްފަ އެވެ.

ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް ބޭންކިން ހިދުމަތްތައް ރައްކާތެރި އަދި އަވަސް ނިޒާމެއްގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި މި ބަދަލާއެކު ހިދުމަތް އަވަސްވެ ރައްކާތެރިކަން ބޮޑު ވެގެން ދިޔަ އެވެ.

ބޭންކިން ހިދުމަތްތައް އަވަސްކޮށް ފަސޭހަ ކުރުމަށްޓަކައި އެމްއެމްއޭ އިން މިހާރު ގެންދަނީ އާ ޕޭމަންޓް ސިސްޓަމް ވުޖޫދަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.