ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފިޔަވަޅުތައް ހަރުކަށިކުރުމަށް މަޝްވަރާ ކުރަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް މިއަދު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާ އަށް އިތުރުވަމުންދާ ދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އިލްތިމާސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަން" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވަނީ ރިކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެފަ އެވެ. އިއްޔެގެ ޕޮޒިޓިވް ނަންބަރު އުޅެނީ 508 ގައެވެ. މީގެތެރޭގައި މާލެ ސަރަަހައްދުން 276 މީހުން އަދި އަތޮޅުތަކުން 222 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑް ކޭސްތައް ފެނުން އިތުރުވާތީ އަންނަ އަންގާރަ ދުވަހުން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދަތުުކުުރުން އެޗްޕީއޭ އިން ވަނީ މަނާ ކުރަން ވެސް ނިންމާފަ އެވެ.