އެމްޓީޑީސީ

މިދިޔަ އަހަރު އެމްޓީޑީސީ އަށް 50 މިލިއަން ރުފިޔާގެ ފައިދާއެއް

ސަރުކާރުން ޓޫރިޒަމް ފައްކާ ކުރަން އުފެއްދި، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިދިޔަ އަހަރު 50.9 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެމްޓީޑީސީ އިން ބުނީ މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 50 މިލިއަން ރުފިޔާއަކީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 115 ޕަސެންޓުގެ އިތުރު ވުމެކެވެ.

އެ ކުންފުންޏަށް 11 އަހަރުގެ ދިގު ތާރީހުގައި މި އަހަރު ވަނީ ފައިދާވެފަ އެވެ. އެހެންވެ ހިއްސާގެ ފައިދާގެ 50 ލާރި ބަހަން ނިންމާފަ އެވެ.

އެމްޓީޑީސީއަކީ ޓޫރިޒަމް ތަރައްގީކޮށް ޓޫރިޒަމްގެ ހިއްސާ ދިވެހިންނަށް ވާނެ ގޮތެއް ހަދަން ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނީގެ މަގުސަދު ހާސިލް ނުވެ ސަރުކާރުން ދިން ރަށްތަކުން ވެސް މާބޮޑު މަންފާއެއް އެމްޓީޑީސީއަކަށް ނުވެ އެވެ.