ގއ. މާމެންދޫ

ބިދޭސީއެއްގެ ގަޔަށް ވަޅި ހެރި މައްސަލާގައި ދެމީހަކާއި ދެކުދިން ހައްޔަރުކޮށްފި

Nov 8, 2015

ގއ. މާމެންދޫގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާއިގެ ތުހުމަަތަށް ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

އެ ރަށުން ހައްޔަރު ކުރި ދެމީހަކާއި ދެ ކުޑަކުއްޖެކެވެ. އެމީހުން ހައްޔަރު ކުރީ މިރޭ 8:00 ޖަހާ އެހާކަންހާއިރު އެވެ.

މާމެންދޫގައި މަސައްކަތް ކުރަމުން އައި ބަންގްލަދޭޝްގެ މީހާއަށް ރޭ ހަމަލާދީ އެނާގެ ދެތް ވަނީ ޒަހަމްކޮށްލާފަ އެވެ. އެ މައްސަލާގައި ބަޔަކު ހައްޔަރު ކުރި އިރު ފުލުހުންގެ ޓީމެއް ރޭ އެރަށަށް ގޮސް ވަނީ ތަހުގީގު ފަށާފައެވެ.

ޒަހަމްކޮށްލި ބިދޭސީ މީހާ އަދިވެސް އޮތީ އެ އަތޮޅު ވިލިނގިލީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.