މިދިޔަ މަހުގެ ތެރޭގައި ސުޕަސްޓާ ސަލްމާން ޚާން ލޯބިވެރިޔާ ކަމަށް ބުނާ ލޫލިއާ ވަންތޫރް އާއި އެންގޭގްވި ކަމަށް ހަބަރު ފެތުރުމާއެކު ސަލްމާން އަށް ސަޕޯޓްކުރާ އެތަކެއް އަންހެން ފޭނުންގެ ހިތްވަނީ ކުދިކުދިވެފަ އެވެ.
ސަލްމާން ރުމޭނިއާގެ ޓީވީ ތަރި ލޫލިއާ އާއި އެންގޭޖްވި ވާހަކަތަކާއެކު އަންނަ އަހަރުގެ ތެރޭގައި ކައިވެނިކުރަން އުޅޭ ހަބަރުތަކެއް ފެތުރު ނަމަވެސް މިވާހަކަތައް އެންމެ ފުރަތަމަ ދޮގުކޮށްފައިވަނީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާން އެވެ.
މިވާހަކަތަކާއި ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި ސަލްމާން ވަނީ ލޫލިއާ އާއި އެންގޭޖްވި ވާހަކަތައް ދޮގުކޮށްފަ އެވެ. އަދި މިފަހުން ދިން އިންޓަވިއުއެއްގައި ސަލްމާން ވަނީ ލޫލިއާ އާއި އޭނާ އެންގޭގްވިކަމަށް ބުނެ ހަބަތުރައް ފެތުރުނިއިރު އޭނާ އޮތީ ނިދާފައި ކަމަށް ބުނެފަ އެވެ.
ބައެއް ނޫސްވެރިން އޭނާގެ ބައްޕައަށް މަރުހަބާކިޔައި މެސެޖްވެސް ކުރިކަމަށް ބުނަމުން ސަލްމާން ވަނީ އެމީހުންގެ މެސެޖަތަކަށް ޖަވާބުދެމުން އޭނާގެ ބައްޕަ ވަނީ ތިޔައީ ތެދު ހަބަރެއް ނޫންކަމަށާއި ސަލްމާން އޮތީ ނިދާފައި ކަމަށް ބުނެފައި ކަމަށެވެ.
މިވާހަކަތައް ކިޔާދެމުން ސަލްމާން ވަނީ ލޫލިއާގެ އެހެން ރައްޓެއްސެކަމަށްވާ ލޫލިއާގެ އިނގިލީގައި އޮތް އަނގޮޓިއެއް ސަލްމާންގެ ލޯބިވެރިޔާ ކަމަށް ބުނާ ލޫލިއާގެ އިނގިލީގައި އަޅާލުމަށް ދިނީ ކަމަށާއި، އެހާހިސާބުން އޭނާ އާއި ލޫލިއާ އެންގޭޖްވިކަމުގެ ހަބަރު އަލިފާންހާ ބާރުމިނުގައި ފެތުރިގެން ދިޔައީ ކަމަށެވެ. ނަމަވެސް ލޫލިއާ ވަނީ އޭނާ އެންގޭޖްނުވާ ކަމަށް ބުނެފައިވާ ކަމަށްވެސް ސަލްމާން ވަނީ ބުނެފަ އެވެ.
އާންމުކޮށް ސަލްމާން އަކީ އޭނާގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ތަފާތު ވާހަކަތައް ދައްކައި ސުވާލުކޮށް ހަދާތީ ރުޅި އަންނަ މީހެކެވެ. ނަމަވެސް އެންގޭޖްވިކަމަށް ބުނެ ދެކެވުނު ވާހަކަތަކާއި ގުޅިގެން ސަލްމާން ވަނީ އެފަދަ ވާހަކަތައް އޭނާއަށް ވަރަށް މަޖާ ކަމަށާއި އަދި އެފަދަ ވާހަކަތައް ފެތުރުނަސް އޭނާގެ މާބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ބުނެފަ އެވެ.
ސަލްމާން އާއި ބަތަލާ އައިޝްވާރިޔާގެ ގިނަ ދުވަސްވީ ގުޅުން ނިންމާލިފަހުން ކެޓްރީނާ ކައިފް އާއި ރައްޓެހިވެ، އެގުޅުން ވެސް ނިމުނު ފަހުން އެތަކެއް އެހެން ބަތަލާއިންނާއި ސަލްމާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން އެރި ނަމަވެސް، 2012 ވަނަ އަހަރު ނިކުތް ސަލްމާންގެ "އޭކް ތަ ޓައިގާ" ކުޅުނު ދުވަސްވަރު ލޫލިއާ އާއި ސަލްމާން އާއި ދިމާވެ، އެދެމެދުގައި ވަނީ ހާއްސަ ގުޅުމެއް އުފެދިފަ އެވެ.
އެގޮތުން މިދިޔަ އަހަރު އޮތް ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ކައިވެނީގެ ރަސްމިއްޔާތުގެ ތެރޭގައި ވަނީ އާއިލާގެ މީހުންނަށް ލޫލިއާ އޭނާގެ ލޯބިވެރިޔާގެ ގޮތުގައި ތައާރަފުކޮށްދީފަ އެވެ. އޭގެފަހުން ވެސް ތަފާތު އެކި ފަހަރު މަތިން ސަލްމާން އާއެކު ލޫލިއާ ފެނިފައިވާއިރު، މުމްބައި އަށް އައިސް ލޫލިއާ ހުންނަކަމަށްވެސް ވަނީ ސަލްމާންގެ ގޭގަ އެވެ.