ރާއްޖެ ކުޅިވަރު

ހޮންކޮން މެޗުގެ ޓިކެޓް 50ރ. އާއި 150ރ. ދެމެދުގައި

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އާއި ހޮންކޮން ބައްދަލުކުރާ މެޗުގެ ޓިކެޓް މިއަދު ހަވީރު ވިއްކަން ފަށާއިރު ޓިކެޓް އަގުތައް 50ރ. އާއި 150ރ. ދެމެދުގައި ބަހައްޓަން އެފްއޭއެމުން ނިންމައިފި އެވެ.

ގައުމީ ފުޓްބޯޅަ އިދާރާއިން ނިންމާފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ގަލި ދަނޑުން ޓިކެޓް ވިއްކަން ފަށާއިރު ސިޑިބަރީގެ ޓިކެޓް 50ރ. އަށް ވިއްކާށެވެ. ގޮނޑިބަރީގެ އެންމެ ދެ ފަރާތުން ޖާގަ ލިބޭނީ 100ރ. އަށެވެ. އަދި ރޮސްޓްރަމްގެ ދެ ފަރާތުން ޖާގަ ލިބޭނީ 150ރ. އަށެވެ.
އެފްއޭއެމުން ނިންމާފައިވަނީ އެކަކަށް ފަސް ޓިކެޓަށްވުރެ ގިނައިން ނުވިއްކާށެވެ.

ހޮންކޮން މެޗަށް ގައުމީ ޓީމު ނުކުންނައިރު މިއީ ކޮލިފައިންފައި ގަލޮޅު ދަނޑުގައި ކުޅެ ދެ ވަނަ މެޗެވެ. މީގެ ކުރިން ގަލޮޅު ދަނޑުގައި ކުޅުނީ ގަތަރު މެޗެވެ. އެ މެޗުން ރާއްޖެ ބަލިވީ އެންމް ފަހު ވަގުތު ގަތަރު ޖެހި ގޯލުންނެވެ. ހޮންކޮން އާއި ރާއްޖެ އެ ގައުމުގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-0އިންނެވެ. ކޮލިފައިންގައި މިހާތަނަށް ރާއްޖެ މޮޅުވީ ބޫޓާން އަތުން އެކަންޏެވެ. އެއީ 4-3އިންނެވެ. ރާއްޖެ އާއި ޗައިނާ ކުޅުނު މެޗު 3-0އިން ޗައިނާ ކާމިޔާބު ކުރިއިރު ގަތަރުގައި ކުޅުނު މެޗުން ބަލިވީ 4-0އިންނެވެ.