ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވެމްކޯ

ވެމްކޯ އިން ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި

ވެމްކޯގެ މުވައްޒަފުންތަކެއް. ވެމްކޯ އިން ކުނި ނަގާ ގަޑިތަކަށް މިހާރު ވަނީ ބަދަލު ގެނެސްފައި -- އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) |އަވަސް
0%
0%
0%

ކޮވިޑް ފެތުރުން ހުއްޓުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން މާލޭގެ ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

ވެމްކޯއިން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގައި ހިދުމަތް ދެމުންދާ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ވެމްކޯއިން އިން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ވެމްކޯގެ ޓްރާންސްފާ ސްޓޭޝަނުންދޭ ހިދުމަތްތައް މިހާރު ފޯރުކޮށްދެނީ ހަވީރު 5:00 ޖެހުމާއި ހަމައަށް ކަމަށެވެ. އަދި ވެމްކޯ ކޯލް ސެންޓަރުގެ ހިދުމަތް ދޭނީ ހެނދުނު 09:00 އިން މެންދުރު ފަހު 3:00 އަށް ކަމަށެވެ.

ވެމްކޯއިން ބުނީ މާލެ ސަރަހައްދުން ދެން ކުނި ނެރެން ޖެހޭނީ ރޭގަނޑު 9:00 އިން 10:00 އަށް ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު ހަތަރަކަަށް ކާފިއު ހިންގުމަށް ވަނީ ނިންމާފަ އެވެ.

މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާ ކަމެކެވެ. އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހާއްސަ ހުއްދައެއް ދޫކުރަމުން ގެންދާނެ ކަމަށްވެސް އެޗްޕީ އޭ އިން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345