ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ނައިފަރު ހޮސްޕިޓަލްގަައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެ

ނައިފަރު ހޮސްޕިޓަލްގަައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ މީހަކު މަރުވެއްޖެ އެވެ

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ނައިފަަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މެންދުރު 12:30 ގައެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 76 ވަނަ މީހާއެވެ. އަދި ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ކޮވިޑްގެ ތިންވަނަ މީހާއެވެ.

ނައިފަރަކީ ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވާ ރަށެކެވެ. ވަރަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް ޖެހިގެން ރޭވެސް މީހަކު މަރުވެފައިވެއެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އިއްޔެވެސް 700 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. އެޑްމިޓް ކުރަން ޖެހޭ މީހުންގެ ރެކޯޑް އަދަދަކަށް އިތުުރުވެ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. ޑީއެޗް11 ގެ އައިސީޔޫގައި ނުވަ މީހަކު އޮތްއިރު ހަ މީހަކު ވަނީ ވެންޓިލޭޓަރަށް ލާފައެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީވެސް ވަނީ ފުރުމާއި ގާތުގައެވެ.