ބޭރު ކުޅިވަރު

އާސެނަލްއިން ނުބައި ޓީމެއް އިއުލާނުކޮށްފި

ޓޮޓެންހަމް އަތުން އާސެނަލް ރޭ އިނގިރޭސި ޕްރެމިއާ ލީގުގައި 1-1އިން އެއްވަރުވި މެޗުގައި އާސެނަލްއިން އެންމެ ޓުވިޓާގައި ނުބައި ޓީމެއް އިއުލާނުކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗަށް ނެގި 18 ކުޅުންތެރިން ކަމަށް އެކުލަބުގެ ޓުވިޓާގައި އިއުލާނުކުރި ޓީމުގައި މުޅިން ވެސް ހިމެނެނީ އޮކްސްލޭޑް ޗެމްބަލައިންގެ ނަމެވެ. އޭނާގެ ނަން 18 ފަހަރު ޖަހާފައި ޓީމު އިއުލާނުކުރުމުން މިކަމަށް ޖޯކު ޖަހާ މީހުން ބުނަމުންދަނީ ހަގީގަތުގައި ވެސް އާސެނަލް އަކީ ވަންމޭންޓީމެއްކަން ސާބިތުވެއްޖެކަމަށެވެ.

މި ގޯސް ފާހަގަވެ، އާސެނަލްއިންވަނީ ކުޑައިރުކޮޅެއް ފަހުން ރަނގަޅު ފުރަތަމަ 11 ވެސް އިއުލާނުކޮށްފަ އެވެ.

މުޅިން ވެސް އޮކްސްލޭޑް ޗެމްބަލައިންގެ ނަން ހިމަނައިގެން އާސެނަލް އިން މި ޓީމު ނެރުނުއިރު ކުޅުންތެރިޔާ ހުރީ އަނިޔާގަ އެވެ.
އިނގިރޭސި ކެޕިޓަލްވަން ކަޕުގައި އޭނާ އަށް ލިބުނު އަނިޔާ އަށް ފަރުވާ ހޯދުމަށްފަހު ކުޅުމުގެ ތެރެއަށް އާދެވޭނީ އަދި ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މި މެޗުން އާސެނަލް ބަލިނުވެ ސަލާމަތްވީ ހެރީ ކޭން ލަނޑު ޖަހާފައިވަނިކޮށް ކީރަން ގިބްސް ޖެހި ގޯލުންނެވެ. މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާގެ ޓީމު ފަހު ހާފުގައި ކުޅުނީ މެޗުން ބަލިނުވާން ކަމަށެވެ.