ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރައްވަނީ

ރައީސް ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ ކަމަަށެވެ.

މަބުރޫކް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ. އަދި މި މައްސަލަ މިހާރު ދިވެހި ފުލުހުންނާއި ސިފައިން ތަހުގީގު ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ކައިރި އެއްޗެއް ގޮއްވާލުމާއި ގުޅިގެން ރައީސް ނަޝީދަށް ވަނީ އަނިޔާވެސްވެފައެވެ. އެމަނިކުފާނަށް މިވަގުތު އޭޑީކޭގައި ފަރުވާ ދެމުންދާއިރު އެއްޗެއް ގޮވާފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކަމަށް އެނގިފައިވެއެވެ.

މިރޭގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. މި ޖަލްސާ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ އެވެ.