ޓެރަރިސްޓް ހަމަލާ

ރައްކާތެރިކަމަށް އިތުރު ފިޔަވަޅު އަޅަން މަޝްވަރާކޮށްފި

ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއެކު ރައީސް ރޭ ބޭއްވި ބައްދަލްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މާލޭ ނީލޯފަރު ހިނގުމުގައި ބާރުގަދަ އެއްޗެއް ގޮވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަނިޔާ ލިބިވަޑައިގަތުމުގެ އިތުރުން ބަޔަކަށް ލިބުނު އަނިޔާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

މުލިއާގޭގައި ރޭ ބޭއްވެވި ކުއްލި ބައްދަލު ކުރެއްވުމުގައި ނެޝަނަލް ސެކިއުޓީ ކައުންސިލުގެ ފަރާތުން، ރޭ ހިނގާދިޔަ ނުރައްކާތެރި ގޮވުމުގެ ހާދިސާއާއި ގުޅިގެން ތަހުގީގީ ޓީމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މި ހާދިސާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަ ރުކުރުމަށް ސަލާމަތީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އިތުރަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

މި ހާދިސާގައި ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާ އާއި ގުޅިގެން އެމަނިކުފާނަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދަނީ ފެތުރެމުންނެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސް ކަމަށް ބުނެފައެއް ނުވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފުޖީ

މިފަދަ ހާދިސާތަކުން ފިލާވަޅު ލިބިގެން ދުނިޔޭގެ ޤައުމުތަކުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ޤައުމީ ލެވެލްގައި އިންޓެލިޖެންސް މަޢުލޫމާތު އެއްކޮށް، އެޔަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ގޮތްތަކެއް ތަރުތީބު ކުރުން. ރާއްޖޭގައި އަދިވެސް އެކަން ކުރާކަށެއް ނޫޅޭ. ވަކިވަކި މުވައްސަސާތަކުން އެބަޔަކަށް ލިބޭ މަޢުލޫމާތު ހިފަހައްޓައިގެން ތިމާމެންގެ ކޮޅު މޮޅުކޮށް، އޭގެއިން ތިމާމެން މެޑަލް ޖަހަން ތިއްބާ އަސްލު މެޑަލް މިޖަހަނީ ޓެރަރިސްޓުން. އެންމެ ފުރަތަމައަށް ހަދަންވީ އިންޓެލިޖެންސް ޤާނޫނެއް، ދެން ނެޝަނަލް އިންޓެލިޖެންސް އޭޖެންސީ، ދެން އެކުލަވާލަންވީ ސިފައިންނާއި ފުލުހުންނާއި އަދި ދެންވެސް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން، ނެޝަނަލް އިންޓެލިޖެންސް އޭޖެންސީއަށް އެއްވެސް ހިފެހެއްޓުމެއް ނެތި މަޢުލޫމާތު ހިއްސާ ކުރެވޭނެ ގޮތްތަކެއް. ނެޝަނަލް އިންޓެލިޖެންސް އޭޖެންސީގެ ދައުރަކަށްވާނީ އިންޓެލިންސް އިންޓަރގުރޭޓްކޮށް ތްރެޓް އެނަލައިސްކޮށް އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ އެކަންތައް އެޅުވުން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345