ރައީސް މުހައްމަދު ނަޝީދު

އިންޓެލިޖެންސްގެ އޮޑިޓެއް ހަދަނީ

ރައީސް އިބުރާހިމް މުހައްމަދު ސޯލިހު: އިންޓެލިޖެންސްގެ އޮޑިޓެއް ހައްދަވާނެ ކަމަށް ވިދާޅުވި
0%
0%
0%

އެމްއެންޑީއެފް އަދި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް މިއަދު ވަޑައިގެން ނޫސްވެރިންނަށް ދެއްވި ކުރު އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ނެޝަނަލް ސެކިއުރިޓީ ކައުންސިލާ އެކަމާ ގުޅިގެން ރޭ މަޝްވަރާ ކުރެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ އެވަރު ބޮޑު ހާދިސާއެއް ހިނގާދިޔައިރު އިންޓެލިޖެންސަށް ނޭނގުނީ ކީއްވެގެންތޯ ބައްލަވަން އެމަނިކުފާނު ވެސް ބޭނުންފުޅުވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅިގެން ދިރާސާއެއް ހެއްދެވި ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭ ރިޕޯޓެއް އެމްއެންޑީއެފްގެ ފަރާތުން ވަރަށް އަވަހަށް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިންޓެލިޖެންސް ވަރުގަދަކުރަން ޖެހިފައިވާ ކަމަށް ރައީސް ގަބޫލުފުޅު ވެސް އެވެ. އެ ދެ ރިޕޯޓު ބެއްލެވުމަށްފަހު އިންޓެލިޖެންސާއި ރައީސް ނަޝީދުގެ ސެކިއުރިޓީ މިހާރަށް ވުރެ ވަރުގަދަ ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގާ ގުޅޭގޮތުން ރައީސް ވިދާޅުވީ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އިތުރަށް ވިދާޅުވީ މިކަމުގެ ފަހަތުގައި އިތުރު މީހުން ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް އަވަހަށް ރަނގަޅުވަމުން އަންނަ ކަމަށާއި އޭޑީކޭ ހޮސްޕިޓަލުން ކޮށްދެއްވި މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ރައީސް ޝުކުރު ވެސް އަދާކުރެއްވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޢަލީބެ

ކައުންޓާ އިންޓަލިޖެންސް ކިޔާ އުކުޅުތަކެއް ހުންނާނެ، އެއީ އިންޓަލިޖަންސަށް މަޢުލޫމާތު ލީކުވުން ހުއްޓުވުމަށް ބޭނުންކުރާ އުކުޅު ތަކެއް، އެގޮތުން ފެބްރިކޭޓެޑް އިންޓެލިޖެންސް ލީކް އާއި އިންޓެލިޖެންސްގެ ތެރެއިން މަގު އޮޅުވާލުމާއި، އިންޓެލިޖެންސް އޮފިސަރުން ގަތުން ހިމެނޭ. ޔަޤީނުންވެސް މިފަހަރު މިއޮތީ އިންސާޖަންސް ގެ ކައުންތަރ އިންޓަލިޖަންސް ވަރުގަދަވެފައި

މުހައްމަދުފުޅު

މިއޮތީވާ ގައުމެއް ކޮންމެ ކަމެއް ރަނގަޅުކުރުން މީހެއްގެ ފުރާނައާ ގުޅިގެން އެހެން ނޫނީ އޮންނާކަށް ވަކިގޮތެއްނެތް ކޮންމެ ގޮތަކަށް އޮތަސް ހެއު ބަލަ ރައީސް 3 އަހަރު ވެގެންދާއިރު ތީހަމަ މިގައުމުގެ ރައީސޭ އަދުތޯ އެނގުނީ އިންޓެލިޖެންސް ރަނގަޅު ކުރަން ޖެހޭކަން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345