ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާއަށް މިއަހަރު ވެކްސިނުން 26 ބިލިއަން ޑޮލަރު ލިބޭނެ

ފައިޒާއަށް މިއަހަރު ވެކްސިން ވިޔަފާރިން 26 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފި އެވެ. ފައިޒާއަށް ވެކްސިނުން މިއަހަރު ލިބޭނެ ކަމަށް ކުރިން ލަފާކުރީ 15 ބިލިއަނެވެ.

މިއަހަރު ފައިޒާއަށް އެންމެ ބޮޑު ފައިދާއެއް ވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ ކޮވިޑް ވެކްސިނުންނެވެ. ޖަރުމަނުގެ ބަޔޮންޓެކުން އުފައްދައި އަދި ފައިޒާއިން މާކެޓްކުރާ ކޮވިޑް ވެކްސިނަށް ލިބިފައި ހުރި އޯޑަރުތައް އަދި ވެސް ހަވާލު ކޮށް ނުނިމެ އެވެ. ފައިޒާއިން ކުންފުނީގެ މާލިއްޔަތު 2021 އަށް އަންދާޒާކޮށް އަންނަނީ މަހަކު އެއްފަހަރު އަލުން އަންދާޒާ ކުރަމުންނެވެ.

ފައިޒާއަކީ އެމެރިކާ ކުންފުންޏެކެވެ. މައިގަނޑު ވިޔަފާރިއަކީ ބޭސް އުފެއްދުމެވެ. ފައިޒާއަށް ފިކުރީ ހައްގު ކަށަވަރުކޮށް އެކި ގައުމުތަކުގައި ބޭސް އުފައްދަ އެވެ. ފައިޒާއަކީ ބޭސްވެރިކަމުގައި ނުފޫޒުގަދަ މަރުކާ އެކެވެ.

ފައިޒާއިން ބުނީ ކުންފުނީގެ ވިޔަފާރި އަލުން އަންދާޒާކުރެވޭ ކޮންމެ ފަހަރަކު އަލަށް ލިބޭ އޯޑަތުތައް ހިމަނާ ކަމަށެވެ. އެހެންކަމުން އުންމީދުކުރެވެނީ މާލީ ތަނަވަސްކަން އަންދާޒާކުރެވޭ ވަރަށް ވުރެވެސް ރަނގަޅުވާނެ ކަމަށެވެ.

ފައިޒާއިން އެމެރިކާއަށް ސަޕްލައި ކުރުމުގެ އިތުރުން ކެނެޑާ އަދި އިޒްރޭލަށް ވެސް ސަޕްލައި ކުރަން ވަނީ އެއްބަސްވެފަ އެވެ. މި އެއްބަސްވުންތައް 2021 އަށް ފަހު ވެސް ދެމި އޮންނާނެ ކަމަށް ފައިޒާއިން ބުނެ އެވެ. ފައިޒާއިން މިހާރު އުންމީދު ކުރަނީ ޕާޓްނަރު ގައުމުތައް އިތުރުކޮށް ބަޔޮންޓެކާ ގުޅިގެން ބޭސްވެރިކަން އެހެން ހަރުފަތަކަށް އުފުލާލާށެވެ.