ގޫގުލް ވެއާ އޯއެސް ޑިވައިސްތަކަށް ކީބޯޑެއް ލިބިއްޖެ އެވެ. ޖީބޯޑް ކީބޯޑަކީ އެންޑްރޮއިޑް ޑިވައިސްތައް ބޭނުންކުރާ މީހުންގެ މެގައި މަގުބޫލް އޮންސްކްރީން ކީބޯޑެކެވެ. ގޫގުލްއިން ވެއާ އޯއެސްއަށް ގެނެސްދިން މި ބަދަލާއެކު ސްމާޓްގަޑިތައް ބޭނުންކުރާ މީހުންނަށް ޓައިޕް ކުރުން ތަންކޮޅެއް ފަސޭހަވާނެ އެވެ.
ވެއާ އޯއެސްއަށް ގިނަ ބަޔަކު މިހާރު ސަޕޯޓެއް ނުކުރެ އެވެ. އެހެން ނަމަވެސް ގޫގުލުން ވެއާ އޯއެސްގެ މަލަމަތި ރީތިކޮށް ބޭނުން ކުރަން ފަސޭހަ ކުރަނީ ޝައުގުވެރި ކުރުވާށެވެ. ވެއާ އޯއެސްއާ މެދު މީހުން ނުގަބޫލުވާން ފެށީ އުންމީދުކުރެވޭ ފީޗާތައް ވެއާ އޯއެސް ޑިވައިސްތަކަށް ގެނައުން ލަސްވެފައި، ވާދަވެރިންނަށް ވުރެ ވެސް ފަހަތުގައި އުޅެންޖެހިފައި ވާތީ އެވެ.
މީގެ ކުރިން ޖީބޯޑް ކީބޯޑް ބޭނުންކޮށްފައި ނުވާ ނަމަ ހަނދާނުގައި ބެހެއްޓުން ރަނގަޅީ މިއީ މެސެޖް ލިޔަން / ޓައިޕް ކުރަން ފަސޭހަ ކީބޯޑެއް ކަމެވެ. ޓައިޕް ކުރުމަށް ތަފާތު މޯޑްތަކެއް ހިމެނާފައިވާ ކަމާއި ތަފާތު ބަސްތަކުން ލިޔެވޭކަން ވެސް ހަނދާނުގައި ބެހެއްޓުން މުހިންމެވެ.
އެންޑްރޮއިޑް ޑިވައިސްއެއްގައި މި ކީބޯޑް ބޭނުންކުރާ ނަމަ ދެން ޖެހޭނީ ކޮންމެވެސް ވަރަކަށް ގަޑިއަށް ފަރިތަވެލާށެވެ.
ވެއާ އޯއެސްއަށް ހުރި އަޕްޑޭޓްތަކާ އެކު ޖީބޯޑް ކީބޯޑް ސްމާޓްގަޑިތަކަށް އިންސްޓޯލް ކުރެވޭނެ އެވެ. ވަކި މަރުކާއެއް ފަރަގު ކުރުމެއް ނެތި އެކަމަކު ވެއާ އޯއެސް ކޮންމެ ޑިވައިސްކަށް ވެސް މި ކީބޯޑް ލިބޭނެ އެވެ.