ރައީސް އަބުދުﷲ ޔާމީން އަވަހާރަކޮށްލަން އިތުރު ހަމަލާތައް ރާވާފައި ހުރެދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދަޅުވެއްޖެ އެވެ.
"ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ހިންގާ އިންކްއަރީ ކޮމިޝަންގެ ކޯ ޗެއާ މިހެން ވިދާޅުވީ ނިއުސް އެޖެންސީ ރޮއިޓާސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަށް އަމާޒުކޮށް އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަަމަލަތައް އެއް ހަމަލާ އަނެއް ހަަމަލާއާ ގުޅިފައިވާ ކަމަށާއި އެކަންކަމުގެ ތަފުސީލްތައް ހޯދައި ބަަލަމުން އަންނަ ކަމަށެވެ.
މިމޭރުމުން މިނިސްޓަރު ރޮއިޓާސް އަށް ވާހަކަ ދެއްކެވި އިރު މިދިއަ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީނަށް އަމާޒުކޮށް ތިން ފަހަރެއްގެ މަތިން ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތްކޮށްފައެވެ.
ފުރަތަމަ ފަހަރު ހަމަލާ ދިނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހ ފިނިފެންމާގަ އެވެ. އެ ދުވަހުގެ ބޮމުގެ ހަމައިން ރައީސް ޔާމީން ހަނި ގޮތަކަށް ސަލާމަތްވެ ވަަޑައިގެންނެވި އިރު އަނބިކަނބަލުންނަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. އަދި އެހެން ދެ އޮފިޝަލަކު ވެސް ޒަހަމްވި އެވެ. ދެވަަނަ ހަމަލާ ރާވާފައި ވަނީ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެވެ. ސްނައިޕާ ރައިފަލް ބޭނުންކޮށްގެން އެ ދުވަހު ހަމަލާ ދޭން ރަވާފައި އޮއްވާ އެ ހަަމަލާ ދިނުމަށް ސްރީލަންކާއިން ގެނައި މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން ރައީސަށް އަމާޒު ކުރި ހަމަލާ ދޭން އުުނީ ރައީސް އާދަވެ މުލީއާގޭ ކައިރިން ދަތުރު ކުރައްވާ މަގުގައި ބޮމެއް ގޮއްވާލައިގެނެވެ. ނަމަވެސް އެ ބޮން ދުރާލައި ހޯދައި ޑިފިއުސް ކުރުމަފަހު މިހާރު ވަނީ ނައްރާލާފަ އެވެ.