ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި ތިބި މެލޭޝިއާ މީހުން ގައުމަށް

އިންޑިއާގައި ތިބި މެލޭޝިއާ ރައްޔިތުން ގައުމަށް ގެންދާނެ ކަމަށް އެ ގައުމުން ބުނެފި އެވެ. އަދި ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ ކޮވިޑް އެންމެ ބާރަށް ފެތުރޭ އަވަށްތަކުގައި ތިބި މީހުންނަށް ކަމަށެވެ.

މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝާމުއްދީން ހުސައިން ވިދާޅުވީ މީހުން އުފުލުމަށް ޚާއްސަ ފްލައިޓްތަކެއް ޗާޓާކުރައްވާނެ ކަމަށެވެ.

"އިންޑިއާ ސަރުކާރުން ހުއްދަދޭއިރަށް ފްލައިޓްތައް ނިއުދިއްލީއަށާއި މުމްބާއީއަށް އުދުހެން ފަށާނެ،" ވަޒީރު ވިދާޅުވި އެވެ. އިންޑިއާގައި ކޮވިޑް ކޮންޓްރޯލް އަވަށްތަކުން މީހުން އުފުލާ ގޮތަށް އަދި ހަމަޖެހިފައި ނެތް ކަމަށް ވެއެވެ.

ކޮވިޑް އެންމެ ހަލުއިކޮށް ފެތުރޭ ސަރަހައްދުތަކުގައި ތިބި މީހުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީކުރުމަށް ވަޒީރު އެދިވަޑައިގަންނަވަ އެވެ. ވިދާޅުވީ ފްލައިޓްތަކާ ބެހޭ ގޮތުން އިރުޝާދުދެވޭނީ މީހުން ތިބި ތަނެެއް އެންގުމުން ކަމަށެވެ.

މެލާޝިއާއަށް ދިއުމަށް ފަހު އަމިއްލަ ގޭގައި ކަރަންޓީންވާން ޖެހެ އެވެ. އޭގެ ކުރިން އަދި އިންޑިއާއިން ފުރުމުގެ ކުރިން ކޮވިޑަށް ޓެސްޓްކުރަން ޖެހެ އެވެ. ނޫން ނަމަ މެލޭޝިއާއަށް ދެވުމުން ޓެސްޓްކުރަން ޖެހެ އެވެ.

އިންޑިއާގައި ކޮވިޑް ކޮންޓްރޯލްނުވެ ފާއިތުވާ ކޮންމެ ދުވަހަކު ދަނީ އަމިއްލަ ރެކޯޑް މުގުރަމުންނެވެ. ފާއިތުވި 24 ގަޑިއިރު ގެރޭގައި 414،000 މީހުންނަށް އަލަށް ކޮވިޑް ޖެހުނު ކަމަށް ވަނީ ރެކޯޑްކުރެވިފަ އެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންސް ކޮރޯނާވައިރަސް ރިސޯސް ސެންޓްރުން ބުނާ ގޮތުން އިންޑިއާގައި 21.4 މިލިއަން މީހުންނަށް ބަލިޖެހިފައިވެ އެވެ. އަދި 234،083 މީހުން މަރުވެފައި ވެއެވެ.