ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ ހޭދަ ބޮޑުތަކުން މައްޗަށް

May 11, 2021
3

ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން ކުރާ ހޭދަ ބޮޑުތަނުން އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ކޮވިޑް-19 އިގެ ސްޕެންޑިން ރިޕޯޓްގައިވާ ގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އިގެ ސިއްހީ ކަންކަމަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. އެ މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންގޮސްފައި ވަނީ އައިޖީއެމްއެޗް އަށެވެ. އެ ހޮސްޕިޓަލުގެ އޮޕަރޭޝަނަށް އެކަނި 1.8 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ކޮވިޑް-19 އިގެ ހެލްތު ސްޕެންޑިންގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރާ އެއް އިދާރާއަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމްއޭ) އަށެވެ. އެންޑީއެމްއޭ އަށް 867.9 މިލިއަން ރުފިޔާ މިހާތަނަށް ހޭދަވެފައިވެ އެވެ. އަދި ހެލްތު މިނިސްޓްރީ އަށް 469.2 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި މި މުއްދަތުގައި ރާއްޖެ އަށް ބޭނުންވާ މެޑިކަލް ސާމާނު ގެންނަން ކުރި ހޭދަ އުޅެނީ 458.5 މިލިއަން ރުފިޔާގަ އެވެ.

ސިއްހީ ކަންތައްތަކަށް ކުރާ ހޭދައިގެ ތެރެއިން ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ކުރާ އަސަރު ކުޑަ ކުރަން އިކޮނޮމިކް ރިލީފްގެ ދަށުން ވެސް ދަނީ ހޭދަ ތަކެއް ކުރަމުންނެވެ. މި ބަޔަށް 1.7 ބިލިއަން ރުފިޔާގެ ހޭދައެއް ކޮށްފައިވެ އެވެ. އިންކަމް ސްޕޯޓަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ކޮވިޑް-19 ގެ ސްޕެންޑިން ރިޕޯޓް ދައްކާ ގޮތުން މި ބަލި ކޮންޓްރޯލްކޮށް އިކޮނޮމީ ހިންގަން ކުރާ ހޭދައިގެ ޖުމްލަ 3.3 ބިލިއަން ރުފިޔާ އަށް ވުރެ ވަނީ މަތިވެފަ އެވެ.

ކޮވިޑް ރޯގާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ގެންދާއިރު، މި ބަލީގެ ހާލަތު ރާއްޖޭގައި ވަނީ އިތުރަށް ގޯސްވެފަ އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖޭގައި މި ބައްޔަަށް 1091 މީހަކު ޕޮޒިޓިވްވި އެވެ. ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 37،019 އަށް އަރާފަ އެވެ.