ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

ލޮކްޑައުންގެ ހާލަތަށް އެޗްޕީއޭ ތައްޔާރުވާން އަންގައިފި

ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުންތައް ޗެއާކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ރާއްޖެ ލޮކްޑައުން ކުރަން ޖެހޭ ހާލަތަކަށް ގޮސްދާނެތީ އެކަމަށް ތައްޔާރުވާން ފަށާފައިވާ ކަމަށެވެ. އެ ގޮތުން ފުލުހުންގެ އެންފޯސްމަންޓް ވަރުގަދަކޮށް މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވީހާވެސް ބޮޑަށް ތަންފީޒު ކުރުމެވެ.

މީގެ އިތުރުން ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމުގެ މަސައްކަތް އެޗްޕީއޭއާ ހަވާލު ކުރެވި އެ އެޖެންސީން އެ މަސައްކަތް މިހާރު ފަށާފައިވާ ކަަމަށް މަބުރޫކް ވިދާޅުވިއެވެ.

"ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމަށް އެޗްޕީއޭއިން މިހާރު ވަނީ މަަސައްކަތް ފައްޓާފައި،" މަބުރޫކް ވިދާޅުވިއެވެ.

ލޮކްޑައުންއަކަށް ރާއްޖެ ގޮއްސި ހާލަތެއްގައި ތައްޔާރުވެގެން ތިބުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހާ ކަންކަން ރާވާ އިންތިޒާމު ކުރުމުގެ މަސައްކަތް އެޗްޕީއޭއާ ހަވާލު ކުރެވި އެ އެޖެންސީން އެ މަސައްކަތް ފެށި ނަމަވެސް މާލެ ލޮކްޑައުން ކުރާނެ ކަމެއް މަބުރޫކް ވިދާޅެއްނުވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު ފިޔަވަޅުތައްވެސް ދަނީ ހަރުކަށި ކުރަމުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކ ކޮށްފައިވާ ކަމަށެވެ. މިއީ ހަފްތާއެއްގެ މުއްދަތަށް އޮތް އެންގުމެކެވެ.

އިތުރު ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ. އެގޮތުން މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. އެހެން ކަމުން ޖަމާއަތުގައި އީދު ނަމާދު ކުރުން ނޯންނާނެ އެވެ.

އަދި މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށްވެސް އަންގާފައިވެއެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށްވެސް މިއަދުގެ އެންގުމުގައި ބުނެފައިވެއެވެ.