މޯލްޑިވްސް ޕޮލިސް ސާވިސް

މާލޭން މީހަކު ގެއްލިގެން ހޯދަން ފަށައިފި

މާލޭން މީހަކު ގެއްލިގެން ހޯދަން ފަށައިިފި އެވެ. ހޯދަމުން ގެންދަނީ މ. ގޯބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ 21، އެވެ.

މިދިއަ ހޯމަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން ހުމައިނާ ޒަކަރިއްޔާ ގެއްލުމުން އާއިލާއިން ފުލުހަށް ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވެ އެވެ.

ހުމައިނާ ޒަކަރިއްޔާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ހުދުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖީންސެކެވެ.

ފުލުހުން ބުނީ ހުމައިނާ ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހާ ހިއްސާ ކުރަން އެދޭ ކަމަށެވެ.