އެމްއެމްއޭ

އަންނަ ހަފުތާ ބެންކުތައް ހުޅުވާނީ ތިން ދުވަހު

May 12, 2021

އެމްއެމްއޭ އާއި ބެންކުތައް އަންނަ ހަފުތާގައި ހުޅުވާނީ ތިން ދުވަހު ކަމަށް އެ އޮތޯރިޓީ އިން ބުނެފި އެވެ.

އެމްއެމްއޭ އާއި ބެންކުތަކުން އަންނަ ހަފްތާ ހިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.

މި މުއްދަތުގައި އެމްއެމްއޭ އިން ފައިސާ ދޫކުރުމާއި ބަލައިގަތުމުގެ ހިދުމަތް ދޭނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ. މިވަގުތުގައި ސިޓީ އާއި ތަކެތި ބަލައިގަންނާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. ބޭންކިންގެ ހިދުމަތްތައް ދޭނީ އެޕޮއިންޓެންޓް ދޫކޮށްގެންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައި ވާތީ މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމައަށް އެމްއެމްއޭއާއި ބޭންކުތައް ހުޅުވަނީ ހަފްތާއަކު ދެދުވަހު އެވެ. އެއީ ހޯމަ އަދި ބުދަ ދުވަހެވެ.