މޫސުން

މޫސުން ގޯސް، ކ އަތޮޅުން ވ އަތޮޅަށް ޔެލޯ އެލާޓް

0%
0%
0%

ރާއްޖޭގެ މޫސުން ގޯސްވެ ކ އަތޮޅުން ވ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ކަމަަށާ މިރޭ 8:30 ހަމައަށް ކ އަތޮޅުން ވ އަތޮޅަށް މޫސުން ގޯސްވާނެ ކަމަަށް ލަފާ ކުރެވޭ ކަމަށެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގަަޑިއަކުން 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑު 55 މޭލަށް ވަައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

މީގެ އިތުރުން ހއ އިން ޅ އަތޮޅަށް އޮރެންޖް އެލާޓް ވަނީ ނެރަފައެވެ. އުތުރުގެ ވަރަށް ގިނަ ރަށްތަކަކަށް އުދައަރާ ގެއްލުންތައް ވަނީ ވެފައެވެ. އަދި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފައެވެ. ވައިގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓި ދަނޑުތަކާއި ރުއްގަހަށް ގެއްލުންވެފައިވެއެވެ.

ސިފައިންނާއި ފުލުހުން ގެންދަނީ ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ. އަދި ގޭގޭގެ ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގަމުންދާތީ ގެއްލުންވާ ގެތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

މ އަތޮޅުން ފެށިގެން ލ އަތޮޅަށް އޮތީ ވައިޓް އެލާޓް ނެރެފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345