ބ. ދަރަވަންދޫގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ދަރަވަންދޫގައި ފުލުހުން ހިންގަނީ ކޮން ކަހަލަ އޮޕަރޭޝަނެއް ކަމެއް ނުބުނެއެވެ. ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަނެއް ދަރަވަންދޫގައި މިރޭ ކުރިއަށް ގެންދާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
މި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ. ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހަރުކަށި ފިކުރު ފަތުރާ އިސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ޓެރަރިސްޓް ހަމަލާއެއް ދޭން ރާވަމުން ދަނިކޮށް ކަމަށެވެ.