މޯލްޑިވްސް ޕޮލިސް ސާވިސް

ދަރަވަންދޫގައި މީހަކަށް ހަމަލާދީ ބޯ ފަޅާލައިފި

ބ. ދަރަވަންދޫގައި ކެފޭއެއް ހިންގާ މީހަކަށް ހަމަލާދީ އެ މީހާގެ ބޯ ފަޅާލައިފި އެވެ.

ދަރަވަންދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި މި މާރާމާރީ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަނިޔާވި މީހާއަށް ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން ކަމަށް އެމީހާއާ ހަވާލާދީ އަވަސްއާ ވާހަކަދެއްކި ދަރަވަންދޫ މީހަކު ބުނެފައިވެ އެވެ.

"އަނިޔާވި މީހާ އަކީ މީހަކާ މާބޮޑު މައްސަލައެއް އޮތް މީހެއްވެސް ނޫން. އެހެންވެ ހަމަލާ ދޭން ޖެހޭ ސަބަބެއް ނޭނގޭ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

އަނިޔާވި މީހާއަށް ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ.

މިމައްސަލަ އާއި ގުޅިގެން ތަހުގީގުގެ ބޭނުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.