ބ. ދަރަވަންދޫގައި ދެބެއިން މެދު މާރާމާރީއެއް ހިނގައި އެކަކު ޒަހަަމް ކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ ރަށުގައި ދެބެއިންގެ މަދު ހިނގި މާރާމާރީއެއްގެ ތެރޭ އެކަކު އަނެކަކަށް ހަމަލާ ދިނުމުގެ ތެރޭގައި އެކެއްގެ އަތަށް ކަތުރެއް ހަރާލައި ޒަހަމްކޮށްލާފައިވާ ކަމަށެވެ. އެ މާރާމާރީ ހިންގާފައި ވަނީ ހޮނިހިރު ދުވަހު ކަމަށެވެ.
މި މާމާރީ އައީ އޭގެ ތެރެއިން އެކެއްގެ ވޮލެޓުން ފައިސާތަކެއް ގެއްލުމާ ގުޅިގެން ދެ މީހުންގެ މެދުގައި ހިތްހަމަ ނުޖެހުންތައް އުފެދި އުފެދުނު ޒުވާބެއްގެ ތެރޭގަ އެވެ.
މާރާމާރީގައި ކަތުރުން ހަމަލާދީ ކޮއްކޮށް ޒަހަމް ކޮށްލާފައިވާ ވާތީ ބޭބެ ވަނީ ހައްޔަރު ކޮށްފަ އެވެ.