ހުޅުމާލެ

އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާ ދެނީ

އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލެ ނިރޮޅުމަގު 6 ނަންބަރު ގޯޅީގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ރޭ މެންދަމު ތިނެއް ޖެހިއިރު ލިބުނު ކަމަށެވެ.

ވެއްޓިފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހޭވެރިކަމެއް ނެތް ކަމަަށް ފުލުހުން ބުންޏެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނީ އެ މީހާ ވެއްޓުނީ ގެސްޓް ހައުސްއަކުން ކަމަަށެވެ.

އެއިން ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލަ ބަލަމުންދާ ކަމަށެވެ.