މޯލްޑިވްސް ޕޮލިސް ސާވިސް

މަންމައަށް ހަމަލާދިން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް ފަރުވާ ދެނީ

ހުޅުމާލޭގައި މަންމައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މަންމައަށް ހަމަލާ ދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަކީ ނަފުސާނީ ބަލި މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ހަމަލާގައި ޒަހަމްކޮށްލާފައިވަނީ އުމުރުން 51 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނި ގޮތުގައި މިހަމަލާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ 6:50 ހާއިރު އެވެ.

އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.

ފުލުހުން ބުނި ގޮތުގައި ހަމަލާދީފައިވަނީ އާއިލީ މައްސަލައެއްގަ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.