ބޭރު ކުޅިވަރު

ޗެލްސީ އާއި ވެސްޓްހޭމް ޖޫރިމަނާކޮށްފި

ޗެލްސީ އާއި ވެންޓްހޭމް ޖޫރިމަނާކޮށްފި އެވެ.

މި ދެ ކުލަބުގެ ތެރެއިން ޗެލްސީ ޖޫރިމަނާކުރީ 50000 ޕައުންޑުންނެވެ. ވެންޓްހޭމް ޖޫރިމަނާކުރީ 40000 ޕައުންޑުންނެވެ.

އިނގިރޭސި އެފްއޭއިން މި ދެ ކުލަބު ޖޫރިމަނާކުރީ ޕްރެމިއާ ލީގުގައި ޗެލްސީ އަތުން 2-1އިން ވެސްޓްހޭމް މޮޅުވި މެޗުގައި ދެ ޓީމުގެ ކުޅުންތިން ކުލަބަށް ކޮންޓްރލް ކުރެވިފައިނުވާތީ އެވެ.

މި މެޗުގައި ޗެލްސީގެ ފަސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވާއިރު ނެމެންޖާ މަޓިކާއި ކޯޗު ހޯސޭ މޮރީނިއޯ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އަދި ވެސްޓްހޭމުގެ ކުޅުންތެރިން ވަނީ ދިފްރާ ސަކޯ އަށް މަޓިކް ކުރި ފައުލާ ގުޅިގެން ރެފްރީ ވަށާލައި ރެފްރީގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތް ކޮށްފަ އެވެ. އަދި ފަހުން ޗެލްސީގެ ކުޅުންތެރިން ރެފްރީއަށް ދިމާކޮށްލާފައިވެ އެވެ.

އިނގިރޭސި އެފްއޭއިން ބުނީ މި އަދަބާއެކު ކުރިމަގުގައި މިފަދަ އަމަލެއް ތަކުރާރު ނުކުރުމަށް ދެ ކުލަބަށް ވެސް އިންޒާރުދީފައިވާ ކަމަށެވެ.